ނަރުހުންގެ ދިރާސާތައް ހުށައަޅަން "ސާސްތްރަ" ނަމުގައި ކޮންފަރެންސެއް ބާއްވައިފި

ނަރުހުން ހަދާފައިވާ ދިރާސާތައް ހުށައެޅުމަށް "ސާސްތުރަ" ނަމުގައި ޚާއްސަ ކޮންފަރެންސެއް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ބާއްވައިފިއެވެ.

މި ކޮންފަރެންސްގައި 7 ނަރުހަކު ދިރާސީ ހުށައެޅުންތައް ހުށައަޅާފައިވާއިރު، މި ކޮންފަރެންސް ގެ މަޤްޞަދަކީ ނަރުހުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

ސާސްތުރަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ، ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ ޢުޘްމާން އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ވަނީ ކޮންފަރެންސްގެ ސަބަބުން ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދެނެގަނެވިފައިވާ ހައްލުތައް ނަރުހުންގެ ޚިދުމަތުގައި ބޭނުންކުރުމުގެ މަގު ފަހިވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ނަރުހުން ޚިދުމަތް ދިނުމުގައި ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ޕޭޝަންޓް-ސެންޓަރޑް ނިޒާމަކަށް ފަރުވާ ދިނުން ބައްޓަންކުރަންޖެހޭކަަމަށާއި ވަޞީލަތްތަކާއި މުވައްޒަފުން މަދުވި ނަމަވެސް، ފުރިހަމަކަމާއެކު ޚިދުމަތް ދެވޭނެ މަގުތައް ހޯދުމަށް ނަރުހުން މަސައްކަތް ކުރަންޖެހޭކަންވެސް ތަސްލީމާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ތެރޭގައި އަލްއުސްތާޒާ ތަސްލީމާ އުސްމާން އާމިނަތު ޝާފިޔާ ، މަރިޔަމް ޝިފާ ، އަދި ނިޔާޒާ އާދަމް ހިމެނެއެވެ. އަދި މި ކޮންފަރެންސްގައި އެމްއެންޔޫގެ ސްކޫލް އޮފް ނަރސިން އަދި ވިލާ ކޮލެޖްގެ ދަރިވަރުން ބައިވެރިވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް