މިއަހަރު އަހަރުގެ ޙައްޖުވެރިންނާއެކު، އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ މުޠީޢު

މި އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު، އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފި އެވެ.

މިކަން އެ ވުޒާރާއިން ހާމަކޮށްފައިވާއިރު، ދިވެހި ޙައްޖުވެރީންގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ އަހަރަކު ވެސް ދީނީ ޢިލްމުވެރި އަކު ވަޑައިގަންނަވާގޮތަށް އެ ވުޒާރާއިން ހަމަޖައްސަވަ އެވެ. މުޠީޢު އަކީ އިސްލާމިކް މިނިސްޓްރީގެ ނާއިބެކެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ފުރަތަމަ ގުރޫޕް މިއަދު ފުރާނެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް