ރައުދަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި

އެޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ ގުޅެ މައްސަލައިގައި ޔުމްނުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް (21އ) އަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ވެސް އަދި ފުލުހުންވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް އޭނާއަށް ދައުވާކޮށްދޭން އެދޭ މައްސަލައިގެ ތަފުސީލެއް މީޑިއާތަކަށް ހާމަކޮށްފައިނުވެއެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ޕީޖީ އޮފީހަށް ފޮނުވާ މައްސަލައިގައި 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް