އިސްލާޙުތަކަކާއެކު ހުޅުމާލޭގެ މާސްޓަޕްލޭން އިފްތިތާހުކޮށްފި

އިސްލާޙުތަކާއެކު ހުޅުމާލޭގެ މާސްޓަޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްފިއެވެ.

މި ޕްލޭން އިފްތިތާޙުކޮށްފައިވަނީ މިއަދު ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ބޭއްވި ޚައްޞަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއަކީ އީކޯ ފްރެންޑްލީ އަދި އިގްތިސާދީ ގޮތުން ވަރުގަދަ ސިޓީއެއް އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހުޅުމާލެ މޮޑެލް ސިޓީއަކަށް ވާން ނިންމާފައިވާއިރު، އެ ސިޓީގެ އާ މާސްޓާ ޕްލޭންގައި ބެލެންސްޑް ގްރޯތް އާއި ހުރިހާ ރައްޔިތުންނަށް ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ހާއްޞަ އިސްކަމެއް ދީފައިވެއެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ މައުރޫފް ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން، އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އަލުން ރިވައިޒް ކުރުމަށްފަހު އެކުލަވާލާފައި މިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށްކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް