މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ.

މިކަން ފާހަގަކޮށް، މުލީ ހޮސްލިޓަލުން ބުނީ މިއީ މުޅި މ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި ދުވަހެއްކަމަށެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފެށުނު 3 ވަނަ ރަށެވެ.

މިއަހަރު ގެ ފެބުރުއަރީ މަހު، ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައަލިސިސްގެ ޚދިުމަތް ވަނީ ފަށާފައެވެ. އަދި އޭޕްރީލް މަހު ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ވަނީ މި ޚިދުމަތް ފަށާފައެވެ.

ސަރުކަރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ.

އަދި މިއީ ބޮޑު ޚަރަދުކޮށްގެން އަތޮޅުން ޞޭރަށްގޮސް ޑައިލިސްިސްގެ ޚިދުމަތް ހޯދަން ޖެހުން ނިމުމަކަށް އައުން ކަމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން ހޮސްޕިޓަލުން ބުންޏެވެ.

ޑައިލިސިސްގެ ޚިދުމަތް މިހަރު ނުލިބެނީ އއ ، އދ، ވ، ފ، އަދި ދ އަތޮޅުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް