ހައްޖާޖީންނަށް ކަނޑައެޅި ބަސް ދަތުރުތައް ފެށުމުގެ 15 މިނެޓު ކުރިން ނިކުތުމަށް އެދިއްޖެ

މާދަމާއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިިޔަލަށް ފުރުމަށް ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދިވެހި ހައްޖާޖީންގެ ބަސް ދަތުރުތައް ކަނޑައަޅައި، ދަތުރު ފެށުމުގެ 15 މިނެޓު ކުރިން ބަސް ހުއްޓިތަކުގައި ތިބުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

އެގޮތުން، އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުވެރިން މާލެއިން ފުރުމަށް ހަމަޖެހިފައިވާ ބަސް ރޫޓު އާއްމުކޮށްފައެވެ. އެއީ

އަމީނީ މަގު ރޫޓު

  • 10:30 - ނޫސަންދަ ބަސް ހުއްޓި
  • 10:35 - މީރާ ބަސް ހުއްޓި
  • 10:40 - ސްޓެލްކޯ ބަސް ހުއްޓި

މަޖީދީ މަގު ރޫޓް

  • 10:30 - ސޯޝަލް ސެންޓަރު
  • 10:35 - ކަލަ ބޭންކް
  • 10:40 - ވިލާ މާޓް
  • 10:45 - ޒިކުރާ މިސްކިތް
  • 10:50 - މާލޭ ގްރޭންޑް
  • 10:55 - ސިޓީ ކައުންސިލް ޕާކިން
  • 11:00 - ހީނާމާގޭ ޕާކިން
  • 11:05 - ދަމަނަ ވެށި

އޯކިޑް މަގު

  • 10:30 - ގަޑިބުރު
  • 10:35 - ވެމްކޯ ޝޯރޫމް

ހުޅުމާލޭގެ ބަސް ރޫޓް 1 (ފުރަތަމަ ފިޔަވަހި)

  • 10:30 - އެން2 ބަސް ސްޓޮޕް 5
  • 10:40 - އެން2 ބަސް ސްޓޮޕް 6
  • 10:55 - ސިފްކޯ ހިޔާ ބަސް ސްޓޮޕް (ރީތިގަސް މަގު)

ހުޅުމާލޭ ބަސް ރޫޓް 2 (ދެވަނަ ފިޔަވަހި)

  • 10:30 - ބަސް ސްޓޮޕް 1، އެޗް12
  • 10:40 - ބަސް ސްޓޮޕް 2، އެޗް16
  • 10:45 - ބަސް ސްޓޮޕް 1، އެޗް9
  • 10:50 - ވިނަރެސް 4 (ސޮނީ ސްޕޯޓްސް)
  • 10:55 - އެމްޕީއެލް ބަސް ސްޓޮޕް
  • 11:00 - އެސްޓީއޯ ބަސް ސްޓޮޕް
  • 11:10 - ރެއިން ކްރެސްޓް (އެމްއެޗްއޭ މާޓް، ރީތިގަސް މަގު)

މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހައްޖުވެރިން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާއިރު، އެ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް ބޮޑުވެދާނެތީ ސަމާލުވާން ފުލުހުން ވެސް ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް