މި ސަރުކާރުން ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ދަނީ މަސައްކަތްކުރަމުން: ރައީސް

މި ސަރުކާރުން ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ދަނީ މަސައްކަތްކުރަމުންކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް ދިވެހި ފުޓްބޯޅައިން ވަނީ އުފައްދައިދީފައި ކަމަށެވެ. އަދި ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި. ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައި. ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައި. ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް… pic.twitter.com/zj4LfPIzFJ

ރައީސް ވިދާޅުވީ،  ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައިވާ ކަމަށާއި ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ގިނަ މީޙުން އެޚޫލިވަރަކަށް ޝައުގުހުންނަ އަދި އެންމެ ގިނަ މީޙުން ސަޕޯޓް ކުރާ ކުޅިވަރަކީ ފުޓުބޯޅައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް