މުލީ އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ފްލައިޓް ޖައްސައިފި

މ. މުލީ އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ފްލައިޓް ޖައްސައިފިކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުސީއެލް) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެ އެއާޕޯޓު ހިންގާ އާރުސީއެލް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުލީ އެއާޕޯޓަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކު ކަމަށާއި، މިގޮތުން މާލެއިން 15:30 ގައި ނައްޓާލާ ފްލައިޓު މުލީ އެއާޕޯޓަށް ޖައްސާނީ އެ ދުވަހުގެ 16:45 ގައެވެ.

އެންމެ ފަހުގެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މި މޭ މަހުގެ 20 ވަނަ ދުވަހު އެވެ. މުލި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް