އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނު ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނަ އާއި ބޮޑުވަޒީރު ޑރ. ޖަފަރް ޙަސަން އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ އުރުދުންނަށް ސުލްހައާއި ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި އުރުދުންގެ ގުޅުން އިތުރަށް ފުޅާވެ، ދެ ފަރާތަށްވެސް ފައިދާތަކެއް ލިބިގެންދިއުމަށް ރައިސް ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް