ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް އޭޝިއަން އެތުލެޓިކްސްގެ ލީޑަރޝިޕް އެވޯޑު ލިބިވަޑައިގެންފި

ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލަށް އޭޝިއަން އެތުލެޓިކްސްގެ ލީޑަރޝިޕް އެވޯޑު ލިބިވަޑައިގެންފިއެވެ.

މިކަމާ ގުޅިގެން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދެކުނު ކޮރެއާގެ ގުމީގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ކޮންގްރެސް 2025 ގައި ސްޕޯޓްސް ކޮމިޝަނަރަށް އެތުލެޓިކްސް ލީޑަރޝިޕް ޕިންގެ ޝަރަފު ލިބިވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ އޭޝިއަން އެތުލެޓިކްސް އަށާއި ދިވެހިރާއްޖޭގެ އެތުލެޓިކްސް އަށް ޠަލާލް ކޮށްދެއްވާފައިވާ ޚިދުމަތްތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

26 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސް އޮންނާނީ މި މަހުގެ 27 އިން 31 ގެ ނިޔަލަށް ދެކުނު ކޮރެއާގެ ގުމީ ސްޓޭޑިއަމްގައެވެ. މިއީ މިހާތަނަށް ބާއްވާ އެންމެ އޭޝިއަން އެތުލެޓިކްސްގެ އެންމެ ބޮޑު ޗެމްޕިއަންޝިޕެވެ. މިގޮތުން މި އަހަރުގެ މުބާރާތުގައި 2،000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާއިރު، އޭގެ ތެރޭގައި 43 ޤައުމެއް ތަމްސީލްކުރާ 1،193 އެތުލީޓުން ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް