ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ދެލައްކަ އަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ދިރާގުން 230،380 ރުފިޔާ ހަދިޔާކޮށްފިއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިސްނެގުމުގެ ދަށުން ރޯދަމަހު ހިންގި މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިމި ޕްރޮގްރާމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި އެހީގެ ފައިސާ ރަސްމީކޮށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، އެ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަޒީރު ޑރ. އާއިޝަތު ޝިހާމް އެވެ. އަދި ދިރާގުގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު އެވެ.

ދިރާގަކީ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވެސް ވަނީ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް