ފުރަތަމަ ފަހަރަށް ސައުދީގައި، ދިވެހި ހައްޖުވެރިންނަށް ފަރުވާ ދިނުމަށްޓަކައި ކްލިނިކެއް ގާއިމުކޮށްފި

ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ހުއްދަ ދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރުގެ ފޭސްބުން އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދެއްވާފައިވާކަމަށެވެ.

އަދި ދިވެހި ޙާޖީންނަަށް ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައިކަމަށާއި، ހައްޖު ކޯޕަރޭޝަނުން ވަނީ ޞިއްޙީ ފުރިހަމަ ނިޒާމެއް އެ ކްލިނިކްގައި ޤާއިމުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ހުންނާނީ ޤާއިމުވެފަ. މިއީ މިގޮތައް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރު" މިނިސްޓަރުގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ލުއި ގޮތްތަކެއް ހޯދައިދީފައެވެ. އެގޮތުން މައްކާ ތޫޓް އިނީޝިއޭޓް ޤާއިމްކޮށް މިމަހު26 ގައި ރާއްޖޭގެ ހައްޖުވެރިން ފުރަން ފަށާނެއެވެ. މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހަންށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެއެވެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެއެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް