ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ރައުދުވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަންދުން ދޫކޮށްލާފައެވެ. އެކަމަކު އާ އަމުރެއް ނެރެ ކުޑަ އިރުކޮޅެއްގެ ފަހުން އިއްޔެ އަލުން ހައްޔަރުކުރީ އެވެ.
ބުރާސްފަތި ދުވަހު ރައުދު ދޫކޮށްލީ ވެސް އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދިން 20 ދުވަސް ހަމަނުވަނީހެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.





