އޮޅުހިޔާ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ޤާއިމުކޮށްފައިވާ އެނިމަލް ކެއަރ ފެސިލިޓީ (އޮޅުހިޔާ) އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާނެ ފަރާތެއް ހޯދުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

މި މަހު 20 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ އިޢުލާނުގައި ވާގޮތުން، މިނިސްޓްރީއާ ގުޅިގެން އޮޅުހިޔާ ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައިވެއެވެ.

މީގެއިތުރުން، އޮޅުހިޔާއަށް ވެޓެރިނަރީ އެސިސްޓެންޓެއް ހޯދުމަށްވެސް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.

އޮޅުހިޔާ ފެސިލިޓީ ޤާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައެވެ. މިއީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް