އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ނަމާދު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގުރޭޑު ތިނެއްގެ ދަރިވަރުންނަށް ނަމާދު ޕްރޮގުރާމު ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގުރާމު ނަންގަވައިދެއްވީ ސަލްމާން މިސްކިތުގެ އިމާމު ޝައިޚް ޢައްމާރު އިލްޔާސްއެވެ. މި ޕްރޮގުރާމުގައި ނަމާދު އެންމެ ފުރިހަމައަށް އަދާކުރާނެ ގޮތާއި، ނަމާދާއި ގުޅޭ ޙުކުމްތައް ދަރިވަރުންނަށްވަނީ ތަފްސީލްގޮތެއްގައި ކިޔައިދީފައިވެއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ނަމާދު ޕްރޮގުރާމަކީ ނަމާދަށް އަހުލުވެރި މުޖުތަމަޢުއެއް އުފެއްދުމަށް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދީގެން މިއަހަރު ކުރިއަށް ގެންދަން ފެށި ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ދަށުން މިއަހަރު މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ދަންފަޅިތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގުރާމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމު މުޅި ރާއްޖެއަށް ފުޅާ ކުރައްވާ ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް