އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ކެމްޕެއިންގެ މަސައްކަތް ފަށައިފި

އެއްގަމު ދަތުރުފަތުގެ ޤަވާއިދުތަކަށް މީހުން ހޭލުންތެރިކުރުމަށް މުޅި ރާއްޖެ ޝާމިލްވާ ޤައުމީ ކެމްޕޭންގެ މަސައްކަތްތައް ފަށައިފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ، ކެމްޕެއިނެއް ފެއްޓެވުމަށްޓަކައި ގުޅުންހުރި އިދާރާތައް ހިމެނޭހެން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކެމްޕެއިން ފެށުމަށް ބޭނުންވާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށައިފިކަމަށެވެ.

އެގޮތުން މިފަދަ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއި ގުޅިގެން އެ މިނިސްޓްރީއާ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ގުޅުންހުރި އިދާރާތައް ހިމެނޭހެން އުފެއްދި ޚާއްސަ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ.

އިއްޔެ ބޭއްވި ކޮމިޓީ ފުރަތަމަ ބައްދަލުވުމުގައި ވަނީ ޤައުމީ ކެމްޕޭން ހިންގުމަށް ބޭނުންވާ ޕްލޭންއާ ގުޅޭ މަޝްވަރާތައް ކޮށްފައެވެ.

އެއްގަމު ދަތުރުފަތުގެ ޤަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލްވާ ޤައުމީ ކެމްޕޭން ފަށަން ނިންމީ، ވަޒީރުންގެ މަޖިލީހުންނެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހަށް އެ ކަރުދާސް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް