ލިވަޕޫލް އެފްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާކުރައްވައިފި

ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ވަފުދަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބުގެ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނާއި ލިވަޕޫލް އެފްސީގެ "ދަ ރެޑް ވޭ" އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ލިވަޕޫލް ފުޓްބޯޅަ އެކަޑަމީގެ ގޮތްޕެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ އަބްދުﷲ ރާފިޢުއާއެކުވެސް ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސުމާ ގުޅިގެން ކުރިއަށްގެންދާ މާކެޓިން ކެމްޕޭނުގެ ދަށުން މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ އެ ކުލަބުގެ އިސްވެރިން ވަނީ މަޝްވަރާކުރައްވާފައެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ލިވަޕޫލް އެފްސީގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް، ލިވަޕޫލްގެ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރ އަދި އެމްއެމްޕީއާރްސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް