އެސްޓީއޯގެ ފަރާތުން ބާޒާރަށް 3 ޕްރޮމޯޝަނެއް ތައާރަފްކޮށްފި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންްގްގެ ފަރާތުން ބާޒާރަށް ތިން ޕްރޮމޯޝަނެއް ތަޢާރަފް ކޮށްފިއެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި މިއަދު ތަޢާރަފް ކުރެވުނު ޕްރޮމޯޝަން ތަކަކީ ރެސްޓޯރަންޓްތަކާއި ކެފޭ ތަކަށް، ކްރެޑިޓް އޮފާސް (ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްސަ އޮފާސް) އަދި އެޕާރޓްމަންޓްތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެކެވެ.

ތިރީގައި އެވަނީ އެ އޮފަރތަކުގެ ތަފްޞީލެވެ.

ރެސްޓޯރަންޓް ކެފޭ ތަކަށް ހާއްސަ ޕްރޮމޯޝަން

  • މި ޕްރޮމޯޝަނަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު ހުށައެޅުމުން 3 މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވުނީއެވެ.
  • މި ޕްރޮމޯޝަން ގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އަދި 3 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން 1 ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 100،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި މީގެ އިތުރުން ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރާ ވިޔަފާރިތަކުންނެވެ.

ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފަރ

  • މި އޮފަރ ނުވަތަ ޕްރޮމޯޝަން ހާއްސް ކޮށްފައިވަނީ ހޯލްސޭލް ވިޔަފާރިތަކަށެވެ. މި އޮފަރގެ ތެރޭގައި ޖެނެރަލް ޓްރޭޑިންގ އިން ފަސޭހަ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
  • މި އޮފަރ ވެސް ކުރިއަށް ދާނީ 3 މަސް ދުވަހުގެ ނިޔަލަށެވެ. އޭގެ އިތުރުން މި  3 މަސް ދުވަހުގެތެރޭ މި އޮފަރ ގެ ތެރެއިން ކްރެޑިޓަށް މުދާ ނަންގަވައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކުރައްވައިގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 1 ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 75،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރައްވާ ވިޔަފާރިތަކަށެވެ.

އެޕާޓުމަންޓް އޮފަރ

  • މި އޮފަރ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓުތަކަށް ބަދަލުވާ ފަރާތްތަކަށެވެ. މި އޮފަރގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ.
  • 15،000-25،000 ދެމެދު ވިޔަފާރި ކުރައވާ ފަރާތްތަކަށް %12 ޑިސްކައުންޓު، 25،000-35،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތަތަކަށް ⁦15%⁩ ޑިސްކައަުންޓު 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރައްވާފަރާާތްތަކަށް %18 ޑިސްކައުންޓު ލިބިގެންދާނެއެވެ. އަދި ހިޓާޗީ އެއަރކޮނޑިޝަނަރ އިން %2.5 ގެ ޑިސްކަންޓު ލިބިގެންދާނެއެވެ. ތަކެތި ބައްލަވައިގަންނަން ވަޑައިގަންނަވާއިރު އެޕާޓުމަންޓު ލިބުނު ކަމުގެ ލިޔުން ގެންނަންވާނެއެވެ.
  • މި އޮފަރ 2025 ވަނަ އަހަރު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް