ލިވަޕޫލް ފުޓްބޯޅަ އެކަޑަމީގެ ގޮތްޕެއް ރާއްޖޭގައި ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ލިވަޕޫލް ފުޓްބޯޅަ އެކަޑަމީގެ ގޮތްޕެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ އަބްދުﷲ ރާފިޢުއާއެކު ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސުމާ ގުޅިގެން ކުރިއަށްގެންދާ މާކެޓިން ކެމްޕޭނުގެ ދަށުން މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ އެ ކުލަބުގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ލިވަޕޫލް އެފްސީގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް، ލިވަޕޫލްގެ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރ އަދި އެމްއެމްޕީއާރްސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ދިވެހިރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހި ކުޅުންތެރިންނަށް ލިވަޕޫލް އެފްސީގެ ކޯޗުންގެ އިރުޝާދާއެކު ފެންވަރު މަތިކުރުމަށް ތަމްރީނު ފުރުޞަތުތައް ލިބި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގައިވެސް ކުޅުންތެރިން ތަމްރީނުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ކެމްޕޭނުގެ ދަށުން ދިވެހިރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ޤާއިމުކުރުމާއި، ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމާއި، މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މަޝްހޫރުކުރުން ފަދަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް