ޑިންގީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 5 މީހަކަށް އަނިޔާވެ އެކެއްގެ ހާލު ސީރިއަސް!

ޅ. ގާއެރި ފަޅު ކައިރީގައި ފީނަން ނުކުމު އުޅުނު ބައެއް ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިކަމުގެ މަޢުލޫމާތު ހިއްސާކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 12:33 ހާއިރުކަމަށެވެ. އަދި ޑިންގީގައި ތިބި5 މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ އަނިޔާވީ 5 ދިވެހި ފިރިހެނުންނަށްކަމަށާއި އެ މީހުންނަށް ފަރުވާދެމުންގެންދަނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިކަމަށާއި ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ލިބުނު މަޢުލޫމާތަށްބަލާއިރު، މިއީ އެރަށުގައި މަސްވެރިކަން ކުރާ ދޯންޏެއްގައި މަސައްކަތް ކުރާ ބައެކެވެ. އަދި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ، ފީީނަން ނިިކުމެ އުޅުނު ޑީންގީގެ މަތިން ލޯންޗު ދިއުމުގެ ސަބަބުން ބުރަފަތިން ޖެހި އަނިޔާވި މީހާއަށްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް