ހުޅުމާލޭގެ ފޭސް 2 ގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ފޭސް 2 ގައި ރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވީ، މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 11:51 ހާއިރު ކަމަށާއި، މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 11 ވަނަ ޓަވަރު ކައިރީގައި ހިނގި މާރާމާރީއެއްކަމަށެވެ.

އަދި މި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މާރާމާރީ ހިންގި މީހުން ދެ ފޯނެއް ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާދޭން ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށްކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް