ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިކަން ހާމަކުރަމުން ކަސްޓަމްސް އިން ވިދާޅުވީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1.020 ގުރާމު ހުރި ކަމަށާއި، ފުރަތަމަ މަރުހަލާގައި ޓެސްޓް ކުރިއިރު އެ ތަކެތި، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އަދި މި ތަކެތި އަތުލައިގަތީ މިިދިޔަ މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް