ޤައުމިއްޔަތު ކޮލެޖުގެ "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ ދެވަނަ ސިންތާ ބާއްވައިފި

ޤައުމިއްޔަތު ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ ދެވަނަ ސިންތާ އިއްޔެ ބާއްވައިފިއެވެ.

"ކެތި ނަކަތުގެ ސިންތާ" ގެ ނަމުގައި ބޭއްވި މި ސިންތާގައި މިފަހަރު އަލިއަޅުވާލާފައިވަނީ "ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް" މި މައުޟޫއަށެވެ.

މި ސިންތާގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ ދިވެހި ފަންނުގެ އިސްވާރު މަރްޔަމް ޢިޝާ ޢަބްދުލްޢަޒީޒާއި، ކަސަބު ގެތުމުގެ މަސައްކަތްތެރިޔާ ފާތުމަތު ނަތު ނަދުހާ އަބްދުލްމުޙުސިންއެވެ.

އެގޮތުން، ދިވެހި ފަންނުގެ އިސްވާރު މަރްޔަމް ޢިޝާ ޢަބްދުލްޢަޒީޒް ވަނީ، ދިވެހިންނަކީ ގެތުމާއި ވިޔުމަށް ފަރިތަ ބަޔެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިންގެ މަސައްކަތްތެރިކަމުގެ ތެރެއިން ގެތުމަކީ ޚާއްސަ މަސައްކަތެއްކަމަށް ފާހަގަކުރައްވަމުން ޢިޝާ ވިދާޅުވީ، ތާރީޚީ ފަތްފުށްތަކަށް ބަލާއިރު ދިވެހިންނަށްވުރެ ވަކި މަސައްކަތްތެރި ބަޔަކު ތާކު ނޫޅޭކަމަށެވެ.

"ފޭރާން ވިއުން، ކުނާވިއުން، ފަންގިވިނުން، ރިޔާ ވިއުން، ރޯނުވެށުން، ހިރު ގެތުން، ކިނާރި އެޅުން މިހުންނަނީ މުޅިންވެސް އަޅުގަނޑުމެންގެ އަތްތަކުގެ ފަރިތަކަމުގެ މައްޗަށް ބިނާވެފައި ހުރި ހުނަރުތަކާއި ފަންނުތައް" މަރްޔަމް ޢިޝާ ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ.

ކަސަބު ގެތުމުގައި އުޅުވާ އަދި އެމަސައްކަތް ކުރައްވާ ފާތުމަތު ނަދުހާ އަބްދުލްމުޙުސިން ވަނީ އެބޭފުޅާ އެ މަސައްކަތް ކުރެއްވި ގޮތް ކިޔާދީފައެއްވެ. އެގޮތުން، ކަސަބު ލިބާހާ ގުޅޭގޮތުން ކުރައްވަމުންގެންދަވާ ދިރާސާގެ ކަންކަންވެސް ހިއްސާކުރައްވަމުން ނަދުހާ ވިދާޅުވީ، ދިވެހި ލިބާސް އަޅުގަނޑުމެން މާނަކުރަނީ ދިވެހި އަންހެނުން ލާއުޅޭ ފޭރާންތަކުގެ ތެރެއިން އޭގައި ވަކި ސިފަތަކެއް އެކުލެވޭ ބޯވަޅުއެޅި އަދި ބޯވަޅު ނާޅާ ލިބާހެއްގެ ގޮތުގައި ކަމަށެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފަތުރާ އާލާކޮށް، ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް އުފައްދާފައިވާ ކޮލެޖެކެވެ. ކޮލެޖުގެ މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ އެކި ރޮނގުރޮނގުން، ރާއްޖޭގެ ދެ މޫސުމާއި ނަކަތްތަކުގައި ސިންތާތަކާއި މަހާސިންތާތައް އިންތިޒާމުކޮށް ބޭއްވުން ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް