އިމިގްރޭޝަނަށް 50 އޮފިސަރުން ނަގަން ބާއްވާ ވޯކިން އިންޓަވިއުތައް އަންނަ ހޮނިހިރުގައި

މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއަށް 50 އޮފިސަރުން ހޯދަން ބާއްވާ ވޯކިން އިންޓަވިއުތައް އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެއްފަހަރާ 50 އޮފިސަރުން ނަގާ ގޮތަށް ބާއްވާ ވޯކިން އިންޓަވިއު ކުރިއަށްގެންދަން ނިންމާފައިވަނީ މެއި 24 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ގަލޮޅު ސުކޫލުގައި ކަމަށެވެ.

މި އިންޓަވިއުތަކަށް ހޮވުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ؛

  • ސާނަވީ ނުވަތަ ސެކަންޑަރީއާ އެއްވަރުގެ އިމްތިހާނުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑެއް ހާސިލްކޮށްފައިވުމާއެކު ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގައި މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން.
  • އިއުލާނުކުރާ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 40 އަހަރުން ދަށުގެ މީހަކަށްވުން

އިމިގްރޭޝަނުން އޮފިސަރުން ހޯދަން އިއުލާންކޮށްފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމާ ދިމާކޮށެވެ. ސަރުކާރުން އަންނަނީ އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމަން މަސައްކަތް ކުރަމުންނެވެ.

އިމިގްރޭޝަނުގެ ވެބްސައިޓުގައިވެސް މި އިންޓަވިއުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވާއިރު، މިއީ މިފަދަ ގޮތަކަށް އިމިގްރޭޝަނުން އަލަށް ކުރިއަށްގެންދާ އިންޓަވިއުތަކެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް