ބްރޯޑްކޮމްގެ މުވައްޒަފުންތަކެއް އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް އެ ކޮމިޝަނުގެ ބައެއް މެންބަރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން ހުށަހެޅި މި ޕެޓިޝަންގައި ސޮއިކުރި ބްރޯޑްކޮމްގެ މުވައްޒަފުންގެ އަދަދު 17 އަށް ވުރެ ގިނައިރު، އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ޕެޓިޝަންގައި މުވައްޒަފުން މައިގަނޑު 12 މައްސަލައެެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިދާރީ ހިންގުމުގެ މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުން ދާކަމަށް ބުނެފައިވެއެވެ.

ޕެޓިޝަންގައި އެދިފައި ވަނީ އޭގައި ފާހަގަކޮށްފައިވާ މައްސަލަތައް މަޖިލީހުން ބަލައި އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ގެނެސް ދިނުމަށް އެދިފަ އެވެ. އަދި މީގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި ރާއްޖޭގައި އަމަލުކުރަމުން އަންނަ އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް، އަދި ބައެއް މެމްބަރުން މިހާރަށް ވުރެ ފުޅާކޮށް ހޭލުންތެރިކޮށް ދިނުމަށް ވެސް ޕެޓިޝަނުގައި އެދިފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް