މިކަން ހާމަކޮށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ ގިނަ މަސައްކަތްތައް އެ ވުޒާރާއިން ކުރަމުންދާކަމަށެވެ.

ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދެއެވެ. އެއްވެސް މީހެއް ބާކީނުކޮށް، ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތު ހޯދައިދީ އެމީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދީ މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.