ޢާއިލާއެއްގެ ބޯހިޔާވަހިކަން ހަމަޖެއްސުމަށް އެހީ ޖަމިއްޔާއާއި ނެކްސިފައި މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފުދުންތެރިކަން ދަށް ޢާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް މިނިސްޓްރީ އޮފް ސޯޝަލް އެޑް ފެމިލީ ޑެވެލޮޕްމަންޓުން އެހީ ޖަމިއްޔާއާ ގުޅިގެން ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން، ޢާއިލާއެއްގެ ބޯހިޔާވަހިކަން ހަމަޖެއްސުމަށް އެހީ ޖަމިއްޔާއާއި ނެކްސިފައި މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް އެޑް ފެމިލީ ޑެވެލޮޕްމަންޓުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން ޢާއިލާއަށް 02 ކޮޓަރި އާއި ސިޓިންރޫމެއްގެ އެޕާޓްމަންޓްއެއް، 6 މަސް ދުވަސް ތެރޭގައި ހަދައިދިނުމަށް ވަނީ ހަވާލު ކުރެވިފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން މައުލޫމާތުދެއެވެ.

ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތަށް، އެއްވެސް ފަރާތެއް ބާކީ ނުވާ އޯގާތެރި މުޖުތަމަޢެއް ބިނާ ކުރުމަށް މި ވުޒާރާއިން ކުރަމުންދާ މަސައްކަތުގައި ޖަމިއްޔާތަކާއި އެކިއެކި މުއައްސަސާތަކުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން މިނިސްޓްރީން ވަނީފާހަގަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް