މޫސުން ގޯސްވެ ރ އިން މ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވެ ރ އަތޮޅުން ފެށިގެން މ އާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެެވެ. މޫސުމާ ބެހޭ ޤާއުމީ އިދާރާއިން މެދުރާއްޖެތެރޭގެ ސަރަޙައްދަކަށް ރީނދޫ އިންޒާރު ދީފައިމިވަނީ މިއަދު ހެނދުނު 7:30 އިން 11:30 އަށް ދެމިގެންދާގޮތަށެވެ. މީގެ އިތުރުން، މާދަމާއާ ހަމައަށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މީގެ ކުރިން ލާފާކޮށްފިއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުންވެސް މޫސުމާބެހޭ މައުލޫމާތު އަދާހަމަކުރުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް