ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަންކަރިންގ ޚިދުމަތުން ލިބުނު ކާމިޔާބީއަކީ މުސްތަޤްބަލަށް ކުރެވޭ ވަރައްބޮޑު އުއްމީދެއް: ވަޒީރު
މުޅީން އަލަށް މީގެކުޑަދުވަސްކޮޅެއްކުރީން އެސްޓީއޯއިންފެށި ބަންކަރިންގ މަސައްކަތުން ހޯދަމުންދާ ކާމިޔާބަކީ މިޞިނާއަތުގެ މުސްތަޤްބަލަށްކުރެވޭ ވަރައްބޮޑު އުއްމީދެއްކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަންކަރިންގ ޚިދުމަތުން، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާތީ އެކަމަށް އެސްޓީއޯއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ސަރުކާރުން މި މުހިންމު ޞިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ބާރުސްޕީޑްގައި ކުރެވެމުންދާކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޓަނޭޝަނަލް ބަންކަރިންގެދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއިއެކު މުހިންމު މަޝްވަރާތައްވެސް ދަނީ ކުރެވެމުންކަމަށާއި، އިޤްތިޞާދު ޑައިވާސިފައިކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެއްމެ މުޙިއްމު އެއް މަސައްކަތްކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.    

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް