ވާލާއި ކާޅުގެ ސަބަބުން ދަނޑުވެރިކަމަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަން އީޕީއޭއާއެކު މަޝްވަރާކޮށްފި

ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް އެންވަރމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެކު އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މަޝްވަރާ ކުރައްވައިފިއެވެ.

އެގޮތުން މިކަމާއި ގުޅޭގޮތުން އީޕީއޭ އާއި އެކު ބޭއްވި ބައްދަލުވުމުގައި، ކާޅު އަދި ވާލުގެ އުނދަގޫތަކުން ދަނޑުތައް ސަލާމަތްކުރުމަށް، އެތަކެތި މެނޭޖު ކުރުމާއިގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްގެ އިސްބޭފުޅުން ބައިވެރިވެފައިވާ ކަމަށާއި މި ބައްދަލުވުމުގައި ވާލާއި ކާޅާއި ގުޅޭގޮޮތުން އީޕީއޭ އިން ވިދާޅުވީ ފުރަތަމަ ވާ އަދި ކާޅުގެ އަދަދު ބަލައި ދެނެގަތުމަށް ކަމަށެވެ.

އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީން ބުނީ އެއަށްފަހު އެ އަދަދަށް ބެލުމަށްފަހު އީޕީއޭއިން ޖަނަވާރުތައް ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ ކަމަށް އީޕީއޭއިން ހާމަކޮށްފައި ވެއެވެ.

އީޕީއޭއިން ވިދާޅުވެފައި ވަނީ ވާލާއި ކާޅުގެ އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ، ކޮންޓްރޯލްކޮށްގެން އުނިކުރުންކަމަށް ވިސްނިދާނެކަމަށާއި އެކަމަކު އެއީ އެންމެ ފަހުކަމެއްގެ ގޮތުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް