އިމްޕޯޓުގެ ދާއިރާއަށް ބަލާއިރު، އޭޕްރިލް މަހު ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މީގެ ތެރޭގައި ތެޔޮ ހިމެނެއެވެ. ތެލުގެ އަގު ނުހިމަނައި އިމްޕޯޓުކުރި މުދަލުގެ އަގަކީ 3.8 ބިލިއަން ރުފިޔާއެވެ. މިއީ މާޗު މަހު އިމްޕޯޓުކުރި 4.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އޭޕްރިލް މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން ތައިލެންޑަށް 186 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށް ކަމަށްވާއިރު، އެ ޤައުމަށް 43 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. ރާއްޖެއިން އެކްސްޕޯޓުކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ދަޅުމަހުގެ ބާވަތްތަކާއި، ގަނޑުކުރި މަސް އަދި މަހުގެ އެހެނިހެން އުފެއްދުންތައް ހިމެނެއެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އޭޕްރިލް މަހު އެ އިދާރާއަށް އާމްދަނީގެ ގޮތުގައި 379 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މާޗު މަހު ލިބުނު 320 މިލިއަން ރުފިޔާއާ އަޅާބަލާއިރު 59 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.Monthly Statistics - April 2025 ⛴️ Imports (Incl. Fuel) MVR 4.7B ⛴️ Imports (Excl. Fuel) MVR 3.8B ⛴️ Exports MVR 292M 💰Revenue MVR 379M In addition; 🔹Major Importing categories 🔸Exporting commodities 🔹top 5 importing / exporting countries pic.twitter.com/F8AwWOETzm
— Maldives Customs Service (@CustomsMv) May 17, 2025

މިދިޔަ އޭޕްރިލް މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށްކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފޮށްފިއެވެ.
ކަސްޓަމްސްއިން އާންމުކުރި ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރިލް މަހު ރާއްޖެއިން 292 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މިއީ މާޗު މަހާ އަޅާބަލާއިރު އެކްސްޕޯޓުގެ އަދަދު އިތުރުވެފައިވާ މިންވަރެކެވެ.
އެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މާޗު މަހު އެކްސްޕޯޓުކުރި މުދަލުގެ އަގަކީ 124 މިލިއަން ރުފިޔާއެވެ. އެހެންކަމުން، އޭޕްރިލް މަހު އެކްސްޕޯޓުގެ އަދަދު ވަނީ މަނީ މާޗު މަހަށްވުރެ 168 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




