ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފި

ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކޮށް ކުރިއަށް އޮތ ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މުސުމާިއ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މުސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޯށް ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ބާރޭެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި ވިއްސާރައިގައި ކާއްބަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދވާނެ ކަމަަށް ލަފާކޮށްފައިވެއެވެ.

އެހެން ކަމުން ހުރިހާ ފަރާތްތަކުން މުސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށް ސަމާލުވުމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް