މުވާސަލާތް ކުރިއަރާފައިވާ މިޒަމާނުގައި ރާއްޖޭގެ އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރަންޖެހޭ: ރައީސް
މުވާސަލާތް ކުރިއަރާފައިވާ މިޒަމާނުގައި ދިވެހިރާއްޖޭގެ އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ މުވާސަލާތާއި މައުލޫމާތު ދާއިރާގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް އިތުރަށް ވިދަޅުވީ މުވާސަލާތީގޮތުން ކުރިއަރާފައިވާ ދުނިޔޭގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް މަގުބޫލުކަން އިތުރުކުރުމަށްވެސް މަސައްކަތްކުރަންޖެހޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ދުވަހުގެ ތަހުނިޔާ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އަރުއްވަމުން ރައީސް ވިދާޅުވީ މި ދާއިރާގެ ހިދުމަތްތެރިންނަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށެެވެ. ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 17 އަކީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހެވެ. މި އަހަރުގެ މިދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން" އެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް