ކެންސަރު ބައްޔަށް ބޭނުންކުރާ ބޭހެއްގެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ސަމާލުވާން އެދެފި

ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއްގެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޖާ (ޑަބްލިއެޗްއޯ) އިން ބުނެފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އެ ބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރައްވާފައެވެ.

ޑަބްލިއުއެޗް އިން އެލަރޓްކޮށްފައިވާ ބޭހަކީ ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ފޯލްސިފައިޑް 3 ބެޗެވެ. މި ބޭހުގެ ބެޗްތައް އިސްލާމިކް ރިޕަބްލިކް އޮފް އިރާން އާއި ތުރުކިޔޭ ގައި ދައުރު ވަމުންދާ ކަމަށް ޑަބްލިއުއެޗް އިން ވަނީ ބުނެފައެވެ. 

ނަމަވެސް ބޭސް ސިޓީއަށް އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރައްވާއިރު، މި ބެޗްތަކާއިމެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ (އެމްއެފްޑީއޭ) ގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުމަށް ވަނީ އަންގަވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޖާ (ޑަބްލިއެޗްއޯ) އިން މައްސަލަ ފާގަކޮށްފައިވާ ބޭހުގެ މައުލޫމާތު އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނުގައި ލިބެންހުންނާނެއެވެ. 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް