1 އަހަރުގެ ކުއްޖަކު އުރައިގެން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވެއްޖެ

1 އަހަރުގެ ކުއްޖަކު އުރައިގެން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގި ވަގުތުގެ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު އާންމުވަމުންދާއިރު މިކަމުގެ ރިޕޯޓު ފުލުހުންނަށްވެސް މިހާރުވަނީ ލިބިފައެވެ.

މިކަން ހާމަކޮށް މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ، ހުޅުމާލެ ނިރޮޅު މަގުން، ކުޑަކުއްޖަކު އުރައިގެން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ މިއަދު ހެނދުނު9:23 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވައަތު ކޮނޑުހުޅުން ބިނދި ކަނާތު ފައިތިލަ މަށައިގެންގޮސްފައިވާކަމަށާއި، މަގު ހުރަސްކުރި އަންހެން މީހާގެ ވައަތު އުޅަނބޮށި މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަންހެން މީހާ އުނގުގައި އިން 1 އަހަރާއި 8 މަހުގެ ކުޑަ ކުއްޖާގެ ބޯ ދުޅަވެފައިވާކަމަށާއި، ޒަހަމްވި ދެ މީހުންނަށާއި ކުޑަކުއްޖާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް