ރައުދު އިތުރު 20 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

ރައުދުގެ ބަންދުގެ މުއްދަތު 20 ދުވަހަށް އިތުރުކުރީ އެންމެ ފަހުން ރައުދުގެ ބަންދަށް 5 ދުވަސް ޖެހުމަށް ފަހު މިއަދަށް މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުންނެވެ. އަދި މިއީ ރައުދުގެ ބަންދުގެ މުއްދަތު ޖެހި ހަތަރުވަނަ ފަހަރެވެ.

އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް