ފަސިންޖަރ ލައިނަކުން މާލެއަށް އައި ދެހާހަށް ވުރެ ގިނަ މީހުންނަށް ކްލިއަރެންސް ދީފި

ފަސިންޖަރ ލައިނަކުން މާލެއަށް އައި ދެހާހަށް ވުރެ ގިނަ މީހުންނަށް ކްލިއަރެންސް ދީފިކަމަށް މޯލްޑިވެސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އެގޮތުން ކްލިއަރެންސްދީފައިވަނީ، މިސް އެއިޑާސްޓެއްލާގެ 2022 ފަސިންޖަރުންނާއި 628 ފަޅުވެރިންނަށެވެ. މި ފަސިންޖަރ ލައިން އައީ ސްރީލަންކާގެ ކޮލަންބޯ އިން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.


މިފަދަ ފަސިންޖަރ ލައިންތަކާއި، ކްރޫޒްލައިން އަދި ޔޮޓުތަކުގެ މެދުގައި ރާއްޖެ ދުވަހަކަށްވުރެ ދުވަހެއް މަޤުބޫލުކަން ހޯދަމުންދާއިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ޚާއްސަ ޖެޓީތައް ތަރައްޤީކުރައްވަން ނިންމަވާފައިވާކަމަށް ސަރުކާރުންވަނީ މީގެކުރިން ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް