ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ މި މެއި މަހުގެ 13 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިސް ގޯތި ތެރޭގައިކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި ކުޅުދުއްފުށި ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގާފައިވާ ތަކެއްޗެވެ.

މީގެ ތެރޭގައި ހިމެނެނީ 24  މައްސަލައެއްގައި ހިމެނޭ 34 ފުޅި ބަނގުރަލާއި ބަނގުރާ ދަޅަކާއި 8 ހަން އަދި 5 ލީޓަރުގެ ތިން ފުޅިއެވެ.

ބަނގުރާ ނައްތާލުން ކުޅުދުއްފުށި ސިޓީ ޕޮލިހުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް