ފަނޑިޔާރަކާމެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކޯޓެއްގެ ފަނޑިޔާރަކަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ކުށުގައި އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މާރާމާރީގެ ކުށުގައި ހައްޔަރު ކުރި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ ވަކީލެއްގެ ފުރުސަތަށް އެދިވަޑައިގަތުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އެމީހާއަކީ މިބާވަތުގެ ކުށުގެ ރިކޯޑު އޮތް މީހެކެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި މިއީ އެއް ފަނޑިޔާރަކަށް އެ މީހާ މާރާމާރީ ހިންގި ދެވަނަ ފަހަރެވެ. ނަމަވެސް އެމީހާ ހަމަލާ ދީފައިވަނީ ކޮން ފަނޑިޔާރަކަށް ކަމެއް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ އަންނަ އާދީއްތަ ދުވަހަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް