ކާޅާ ވާލައި އެކީ އުޅެން އަޅުގަނޑުމެން ދަސްކުރަންޖެހޭ، މިއީ ހަގީގަތް: މިނިސްޓަރު

ކާޅާއި ވާލާ އެކު އުޅެން އަޅުގަނޑުމެން ހަގީގަތުގައިވެސް ދަސްކުރަންޖެހޭކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިއަދު ތަކުރާރު ކުރައްވައިފިއެވެ.

އަހާ ފޯރަމްގައި ވިދާޅުވިފަދައިން ކާޅާއި ވެލާއެކު އުޅެން ދަސްކުރަންޖެހޭކަމަށް މިނިސްޓަރު ތަކުރާރުކުރެއްވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު، އަހްމަދު ދީދީ، އައްޑޫ ގައި އުޅޭ ދޮންދީނި އަށް އޮތް ކާޅުގެ އުނދަގުލާއި ދޮންދޫނި ހިމާޔަތް ކުރުމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުންނެވެ.

''އަޅުގަނޑު އަހާޕްރޮގްރާމުގައި ދެންނެވި ފަދައިން ކާޅާ ވާލައި އެކީ އުޅެން އަޅުގަނޑުމެން ހަގީގަތުގައި ދަސްކުރަންޖެހޭ އިނގޭތޯ، އަޅުގަނޑު ހަމަ ތަކުރާރުކޮށް އެވާހަކަ ދަންވަލާން ބޭނުންވޭ" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކާޅާ ވާލު އުޅޭތަން ނުވަތަ ހެބިޓެޓެ އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ހަލާކުކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގޭގައި ހައްދާފައި ހުންނަ ގަހުގެ މޭވާތައް އެތަކެތި ކަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެއީ ދިރޭތަކެތީގެ މާހައުލު ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެތަކެތި އެޅޭނެ ތަނެއް ހޯދަނީ ކަމަށާއި ތިމާވެއްތާއި ބެހޭ މިނިސްޓްރީ، އީޕީއޭ އަދި އެކަމާއި ގުޅޭ ބޭރުގެ އެކްސްޕާރޓުންވެސް ލަފާ ދެއްވަނީ ވާލާ ކާޅާއި އެކު އުޅުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އައްޑޫ ސިޓީގައި އުޅޭ ދޮންދީނި ހިމާޔަތް ކުރަން ވަރަށް މަސައްކަތް ކުރަންޖެހޭ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެގޮތުން އެނަވަޔަރަމަންޓް މިނިސްޓްރީ އާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި އެކު މިކަމާއި ގުޅޭ މަޝަވަރާކުރުމަށް ފަހު މެނޭޖްމަންޓް ޕްލޭނެއް ހަދާ ވަރަށް އަވަސް ފުރުޞަތެއްގައި މިކަމަށް ހައްލެއް ހޯއްދަވާނެކަމަށާއި މިނިސްޓްރީން ބޭނުންވަނީ ދޫނި ސޫފާ ސޫފި މަރާ ނައްތާލައިގެން ކަންކަން ހައްލުކުރަން ނޫންކަމަށެވެ. އަދި އުޅެން ބޭނުންވަނީ އެތަކެއްޗާއެކު، އެތަކެއްޗަށްވެސް އުޅެން ދަސްކޮށްދީގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިހާރުވެސް ރާއްޖޭގައި ވަރަށް ގިނަ ދިރޭ އެކި ސޫފާ ސޫފި ނެތިގެން ގޮސްފައިވާ ކަމަށާއި އެކަމަށް އޮތް ހައްލަކީ ގިނައިން ގަސްއިންދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް