ފީނަން އޮތް މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އޭނާގެ އަތް ބުރިވެއްޖެ

ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރިން ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރެވިފައިވަނީ ރޭ 22:30 ގައި ކަމަށާއި މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ 30 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. އޭނާގެ ކަނާތް އުޅަނބޮއްޓާ ހަމައަށް ބުރިވެ، ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އިތުރު ފަރުވާ ދިނުމަށްޓަކައި އޭނާ ވަނީ މާލެ ގެނެވިފައެވެ. މިވަގުތު އޭނާއަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް