ކ. ހިންމަފުށީގައި އާ ޖެނެރޭޓަރު ސެޓެއް ގާއިމުކޮށްފި

ސްޓެލްކޯއިން ކ. ހުންމަފުށީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، އާ ޖެނެރޭޓަރު ސެޓެއް ގާއިމުކޮށް، އޭގެ ބޭނުން ކުރަންފަށައިފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން މައުލޫމާތު ދެމުން ބުނެފައި ވަނީ، ސްޓެލްކޯއިން ހިންމަފުށީގައި ދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަކުރުމަށްޓަކައި 500 ކިލޯވޮޓްގެ އާ ޖެނެރޭޓަރު ސެޓެއް އެ ރަށަށް ފޮނުވައި ކޮމިޝަން ކޮށްފައިވާކަމަށާއި އަދި އެ ޖެނެރޭޓަރ ބޭނުން ކުރަންވެސް ފަށާފައިވާކަމަށެވެ.

ހިންމަފުށީގައި ގާއިމުކުރެވިގެން ދިޔަ ޖެނެރޭޓަރު ސެޓާއިއެކު، ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ 2414 ކިލޯވޮޓްއަށް އިތުރުވެގެންދާނެކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖެނެރޭޓަރު ކޮމިޝަންކޮށް، ބޭނުންކުރަން ވަނީ ފަށާފަ އެވެ. އެގޮތުން، 20 ޖެނެރޭޓަރު ސެޓް ވަނީ 19 ރަށްޓަކަށް ފޮނުވައި، ކޮމިޝަންކޮށް ބޭނުންކުރަން ފަށާފަ އެވެ.

މީގެއިތުރުން، މިދިޔަ ރޯދަމަހުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ހުޅުމާލޭގައި 19.2 މެގަވޮޓްގެ ޕަވާހައުސްއެއް ވަނީ ގާއިމުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް