އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް އަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

އޮސްޓްރޭލިއާގެ މިނިސްޓްރ ފޮރ ފޮރިން އެފެއާޒްގ ޕެނީ ވޮންގް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ

އެ މެސެޖުގައި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުގެ މަޤާމަށް ޕެނީ ވޮންގް އަލުން ޢައްޔަނުކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ އަދި ވަޒީރުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

އަދި އޮސްޓްރޭލިއާ އަކީ ފާއިތުވެގެންދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ބައިވެރިއެއްކަމަށާއި ވަކިން ޚާއްސަކޮށް ދިވެހިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އޮސްޓްރޭލިއާ އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"އަދި އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމު ގުޅިގެން އިތުރު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ކަމަނާ އާ ގުޅިގެން ގާތުން މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ" ވަޒީރު ފޮނުއްވި މެސެޖުގައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް