މިއަހަރުގެ ޙައްޖު ވެރިންނަށް ބީއެމްއެލް ޑެބިޓް ކާޑުން އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން އެދެފިން: ރައީސް

މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ޙައްޖު ވެރިންނަށް ބީއެމްއެލް ޑެބިޓް ކާޑުން އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގައި އެދިވަޑައިގެންފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން، މިއަހަރު ޙައްޖަށް ދާ ކޮންމެ ޙައްޖު ވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދޭން ބީއެމްއެލްގައި އެދިވަޑައިގެންފައިވާކަމަށާއި، މިއީ މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން ކުރެއްވި ކަމެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް