މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ދައުރުގައި ނިންމޭނެ: ވަޒީރު

ފ. މަގޫދޫގައި މި ދައުރު ނިމުމުގެ ކުރިން އެ އެއާޕޯޓުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މަގޫދޫ އެއާޕޯޓު މަޝްރޫއު އަލުން ފަށާނެތޯ އަދި އެ މަޝްރޫއު ނިމޭނީ ކޮންއިރަކުތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، ކުރީގެ އެމްޑީޕީގެ ސަރުކާރުން ފ. މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް އެޕާރޕޯޓް ހުޅުވުން ލަސްތަކެއް އައިސްފިކަން ގަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ލަސްތަކެއް އައިސްފިކަން. އެންމެ ކުރީގައި ނިލަންދޫގައި އެޅުމަށް، އަބަދު ވެސް ނިލަންދޫގައި އެޅުމަށް ނިންމާފައި އޮތް އެއާޕޯޓެއް މަގޫދުއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން،" ވަޒީރު ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓް ތަރައްގީކުރަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 650 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް