އެތައް ބަޔަކަށް އޯގާތެރިވުމުގައި ނަރުހުން ކުރަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް: ރައީސް
ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި ނަރުހުން ކުރަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނަރުހުންގެ ދުވަހުގެ ތަހުނިޔާ ފޮނުވައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުންކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ނަރުހުން ކުރާ މަސައްކަތަކީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެދިވަޑައިގެން މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް