ދަރިއަކަށް ކުރެވޭނެ އެންމެ އެންމެ އޯގާތެރި އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ
ދަރިއަކަށް ކުރެވޭނެ އެންމެ އެންމެ އޯގާތެރި އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ. "ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން" އެކަމަނާ ވިދާޅުވެފައިވެއެވެ. އަދި އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރާ ޙާލު މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވާކަމަށް މެެޑަމް ސާޖިދ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް