ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 5ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

ރައުދު، 21 އަށް ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކުރީ އެންމެ ފަހުން ރައުދުގެ ބަންދަށް 10 ދުވަސް ޖެހުމަށް ފަހު މިއަދަށް މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުންނެވެ. އަދި މިއީ ރައުދުގެ ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ.

އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް