ޑިޖިޓަލް ޓްރާސްފޯމޭޝަންއަކީ ޒަމާނީ ޙަޟާރަތުގެ އާ އުސްމިނަކަށް ޤަައުމު ގެންގޮސްދޭނެކަމެއް: ވަޒީރު ޝަހީމް
ޑިޖިޓަލް ޓްރާސްފޯމޭޝަންއަކީ ޒަމާނީ ޙަޟާރަތުގެ އާ އުސްމިނަކަށް ޤަައުމު ގެންގޮސްދޭނެކަމެއްކަމަށް  އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖެ 2.0 އިފްތިތާހުކުރުމާ ގުޅިގެން، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، މި ބަދަލަކީ ޒަމާނީ ޙަޟާރާގެ އާ އުސްމިކަނަށް ޤައުމު ގެންގޮސްދޭނެކަމެއްކަމަށާއި، މީގެ ސަބަބުން ޚިދުމަތްތައް އަވަސްކޮށް، ޤައުމު ހިންގަން ފަސޭހަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ވޯޯޓުލުން ފިޔަވައި އެހެން ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިންވެސް ހާމަކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް އިފްތިތާޙުކޮށްފައިވާ "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުންކަމަށާއި ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓުކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުޞަތު ހަނިކުރެވި، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ، ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނޭކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. މިގޮތަށް ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގައި މުޅި ސަރުކާރާއި މުޅި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މައިގަނޑު ޚިދުމަތްތައް ދޭ އިދާރާތަކާއި މުއައްސަސާތައް، ޝާމިލުވާ އަދި ލާމެހިފައިވާ ވިއުގައަކުން ގުޅާލެވިފައިވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކަމަށް ބޭނުންވާ ޤާނޫނުގެ ދެލިކޮޕީވެސް އެކުލަވާލަމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއު އިފްތިތާހުކުރުމާއެކު ސިޔާސީ އިދިކޮޅު ފަރާތްތަކުން އަންނަނީ މި މަސައްކަތާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެހެންކަމުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތެއް ފަށާއިރަށް އެގޮތަށް އަމަލުނުކުރުމަށާއި މި މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސްވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް