އިމުގާގެ ނަމުގައި ފޭކް ވެބްސައިޓްތަކެއް ދައުރުކުރާތީ ސަމާލުވުމަށް އެދިއްޖެ

މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ އޮންލައިން ޕޯޓަލް "އިމުގާ" ގެ ނަމުގައި ފޭކް ވެބްސައިޓްތަކެއް އުފައްދައި ދައުރުކުރަމުންދާތީ، މިކަމަށް ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.

މިކަން އިއުލާނުކުރައްވައި މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވިދާޅުވީ، ފޭކް ނޫނީ ތާޑް ޕާޓީ ވެބްސައިޓްތައް ބޭނުން ނުކުރުމަށާއި ޓްރެވެލް ޑިކްލަރޭޝަން ފޯމަކީ ހިލޭ ލިބޭ ފޯމެއްކަން އާންމުންނަށް އަންގާފައިވާނެކަމަށެވެ.

އިމިގްރޭޝަނުން ދެމުންދާ ގިނަ ޚިދުމަތްތަކެއް މިހާރު ދެމުން އަންނަނީ "އިމުގާ" ޕޯޓަލް މެދުވެރިކޮށެވެ. މީގެ ތެރޭގައި ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތްވެސް ހިމެނެއެވެ. ނަމަވެސް، މި ޕޯޓަލްގެ ނަމުގައި އުފައްދާފައިވާ ނަކަލު ވެބްސައިޓްތަކުން އާންމުންގެ މަޢުލޫމާތު ހޯދައި، އޮޅުވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް